Eydee (@EydeeSR) header
Eydee (@EydeeSR) profile picture

Senior Journalist | Managing Director @SymbolicRecords | @DARKNEZZFAMILY| Tweets are my own views!

Male' Maldives
Joined December 2014
Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)Photo by Eydee (@EydeeSR)
ސަރުކާރާއި ރައްޔިތުންގެ އުންމީދުތައް ޙާޞިލުކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރަމުންގެންދާނެ ކަމަށާއި، ރައްޔިތުންނަށް ލިބެމުން އަންނަ އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވިކަމަށްޓަކައި އެމަނިކުފާނަށް ޝުކުރު ދަންނަވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ވަނީ ވިދާޅުވެފައި. މެނޭޖިންގ ޑިރެކްޓަރ ޑރ. އަޒުވަރު މިހެން ވިދާޅުވީ، ފެނަކަ ކޯޕަރޭޝަންގެ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުޙަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގާއި ވާހަކަފުޅު ދައްކަވަމުން.
14
13
1,146
ހއ. މޮޅަދޫ، ހއ. އިހަވަންދޫ، ހއ. އުލިގަން، ބ. މާޅޮސް، ރ. އިންނަމާދޫ އަދި ރ. ކިނޮޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަށްޓަކައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީން ވަނީ މި ކުންފުންޏާއި ހަ މަޝްރޫޢެއް ހަވާލުކޮށްފައި. މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ޢަލީ ފާރިސް ޔޫސުފް. އަދި މި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢާއިޝަތު މުޒްނާ އަދި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ނާޡިރު.
12
11
1,387
ގައުމީ ތަރައްގީގެ އެންމެ މުހިންމު އެއް ބިންގަލަކީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި، މަސައްކަތުގެ މައިދާނުގައްޔާއި މުޖުތަމައުގައި ގާއިމުކުރެވޭ އޯގާތެރި، ބަދަހި ގުޅުން. ރައްޔިތުންނަށް އަސާސީ ހިދުމަތް ފޯރުކޮށްދޭ ގައުމީ ކުންފުންޏެއްގެ ހައިސިއްޔަތުން، މުވައްޒަފުންގެ މެދުގައި ރިވެތި އަހުލާގީ ސިފަތައް އަށަގަންނުވައި، ހިދުމަތް ލިބިގަންނަ ކޮންމެ ރައްޔިތަކަށް ފުރިހަމަ އިހުތިރާމާއި އިހުލާސްތެރިކަމާއެކު ހިދުމަތް ފޯރުކޮށްދިނުމުގައި #IhthiraamgeUfaa #ThahuzeebuMujthamau
2
13
10
1,637
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ ބައެއް އިސްވެރިން މިހާރު ލ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ލ. ގަމުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި ފެނަކައިން ސްޓެލްކޯއަށް އެ މުވައްޒަފުން ބަދަލުވުމާއި ގުޅިގެން، މަސައްކަތުގެ މާޙައުލުގައި މުވައްޒަފުން ހިފަހައްޓަންޖެހޭ ހަމަތަކާއި، އުސޫލުތައް ހިފަހައްޓަކައި، ސްޓެލްކޯގައި ހެދިފައިވާ ހަރުދަނާ މިންގަނޑުތަކުގެ ތެރެއިން ފެންވަރު ރަނގަޅު ހިދުމަތެއް އެ ރަށުގައި ދިނުމުގައި ދެމިތިބުމަށް މެނޭޖިންގ ޑިރެކްޓަރ ވަނީ އެދިވަޑައިގެންފައި.
9
9
1,124
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ހުރިހާ ރަށެއް މިކުންފުނީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ވަނީ މުޅިން ނިންމާލާފައި. މި ބަދަލާއެކު އެންމެ ފަހު ރަށެއްގެ ގޮތުގައި ސްޓެލްކޯގެ ދިދަ ނަގާފައިވަނީ ލ. ފޮނަދޫގައި. އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ސައުތު ރީޖަނަލް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝަރުނީޒް.
1
21
20
1,954
ލ. ފޮނަދޫގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ފޮނަދޫގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފަ. މި ޒިޔާރަތުގައި، ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ދާގޮތް ބައްލަވާލައްވާފައި.
18
18
1,380
ލ. ގަމުގެ ޔުޓިލިޓީ ޚިދުމަތްތަކާއި ސްޓެލްކޯއިން ރަސްމީކޮށް ޙަވާލުވުމަށްފަހު، ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒްވަރާއި، ކުންފުނީގެ ބައެއް އިސްވެރިން ވަނީ ގަމުގެ ސްޓެލްކޯ އޮފީހަށާއި، އިންޖީނުގޭގެ އިތުރުން ފެން ޕްލާންޓަށް ޒިޔާރަތް ކުރައްވާފަ. މި ޒިޔާރަތުގައި، ވަނީ އޮފީހާއި އިންޖީނުގޭގެ އިތުރުން ފެންޕްލާންޓުގެ މަސައްކަތްތައް ބައްލަވާލައްވައި މުވައްޒަފުންނާ ބައްދަލުކުރައްވާ، ޚިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި.
15
13
1,184
ލ. ގަމުގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢަބުދުﷲ ނާޡިރު.
20
17
1,418
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. ކުޑަހުވަދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގެ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވާފަ.
14
13
1,345
ފެނަކަ ކޯޕަރޭޝަނުން ޚިދުމަތް ދެމުންދިޔަ ރަށްތަކުގެ ޔޫޓީލިޓީ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ނިންމެވި ނިންމެވުމާ ގުޅިގެން، ދ. މީދޫގެ ޚިދުމަތްތަކާ ރަސްމީކޮށް ޙަވާލުވުމުގެ މަސައްކަތަށް، މި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި، ކުންފުނީގެ ބައެއް އިސް ވެރިން މިއަދު ވަނީ އެ ރަށަށް ޒިޔާރަތްކުރައްވާފައި.
22
17
1,812
ދ. މީދޫގައި ސްޓެލްކޯއިން ކަރަންޓާއި، ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މިއަދު އެ ރަށުގައި ޚާއްޞަ ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވަނީ ބާއްވާފައި. މި ރަސްމިއްޔާތުގައި ޤައުމީ ދިދަ ނަންގަވައިދެއްވީ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު. އަދި ސްޓެލްކޯގެ ދިދަ ނަންގަވައިދެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ.
19
16
1,291
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. މީދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގައި ތިބި ސްޓެލްކޯގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައި. އަދި މަސައްކަތުގެ މާޙައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައި، އެ ކަންކަން ޙައްލުކޮށްދެއްވުމަށް ކުންފުނިން އަޅުއްވާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މެނޭޖިންގ ޑިރެކްޓަރ ވަނީ މުވައްޒަފުންނާ މަޝްވަރާކުރައްވާފައި.
16
13
2,374
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރާއި ކުންފުނީގެ އިސްވެރިން މިހާރު ދ. މީދޫއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ އެ ރަށުގެ އިންޖީނުގޭގެ މަސައްކަތްތައް ބައްލަވާލައްވާފަ.
1
18
18
2,641
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ރ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
18
18
6,401
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ގއ އަދި ގދ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ދެ އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
19
17
4,894
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ފ،ދ އަދި ތ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، އެ އަތޮޅުތަކުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި ތިން އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
14
11
1,768
ށ. ފީވަކުގެ ނަރުދަމާ ނިޒާމު މަރާމާތުކުރުމަށް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިކުންފުންޏާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައި. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޢަލީ ފާރިސް ޔޫސުފް. އަދި މި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޢާއިޝަތު މުޒްނާ.
18
17
2,410
ދިވެހިރާއްޖޭގެ ފަޚުރުވެރި ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތައް ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދަންނަވަން. މާތްﷲ އަބަދުމެ މި ދިވެހި ޤައުމަށް ނަޞްރުދެއްވައި، ދިވެހިންނަކީ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަބަދުމެ ކާމިޔާބުކަންމަތީ ދެމިތިބޭ ބައެއްކަމުގައި ލައްވާށި. އާމީން.
1
17
2
18
2,829
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް، ނ އަތޮޅުގެ ރަށްތަކުގައި ފެނަކައިން ފޯރުކޮށްދެމުންދިޔަ ޔުޓިލިޓީ ޚިދުމަތްތައް ދިނުމާ މި ކުންފުނިން މިހާރު ވަނީ ރަސްމީކޮށް ޙަވާލުވެ، ޚިދުމަތް ދޭން ފަށާފައި. މިގޮތުން، މި އަތޮޅުގައި ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު މި ކުންފުނީގެ މިންގަނޑުތަކަށް ފެއްތުމުގެ މަސައްކަތް، ޚިދުމަތާ ޙަވާލުވި ދުވަހުން ފެށިގެން ދަނީ ކުރެވެމުން. އަޅުގަނޑުމެންގެ އަމާޒަކީ މި އަތޮޅުގެ ރައްޔިތުންނަށް އިތުބާރުހުރި، ދެމެހެއްޓެނިވި ޚިދުމަތެއް ކަށަވަރުކޮށްދިނުން.
12
9
1,753
ހދ. ކުޅުދުއްފުށި ސިޓީގައި ދެމުންދާ ކަރަންޓުގެ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތުގެ ޔަގީންކަން އިތުރުކުރުމުގެ ގޮތުން އެ ރަށުގައި އަލަށް އިންސްޓޯލްކުރެވުނު 1.2 މެގަވޮޓްގެ އާ ޖަނަރޭޓަރު ސެޓް ކޮމިޝަންކޮށް، ކާމިޔާބުކަމާއެކު މިހާރު ވަނީ ބޭނުންކުރަން ފަށާފައި. މި އައު ޖަނަރޭޓަރު ސެޓާއެކު ރަށުގެ ކަރަންޓު ވިއުގައަށް އިތުރު ފުރިހަމަކަމެއް ލިބި، ރައްޔިތުންނަށް މެދުކެނޑުމެއްނެތި އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދިނުމަށް އިތުރު ބާރަކަށް ވެގެންދާނެ.
12
11
1,067