Hamdha Mohamed (@FathmathHamdha) header
Hamdha Mohamed (@FathmathHamdha) profile picture

Journalist | IR & Politics Student | Policy Executive | Pol. Strategic Researcher | Fmr.Public Relations Officer | Fmr. First Elect Women Democrats Leader |

Joined January 2019
Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)Photo by Hamdha Mohamed (@FathmathHamdha)
#NewProfilePicture ހަމްދާ ހަނދާން ހުންނަ އުމުރުން ފެށިގެން މިއަދާއި ހަމައަށް ރީނދޫ ކުލައިން އަބަދުވެސް ރަމްޒުކޮށްދިނީ އާންމު މީހާގެ މަސްލަހަތު. ރައްޔިތުންގެ ލާބައާއި މަންފާ. އެއީ ހަމަޖެހުމާއި، މިނިވަންކަމާއި، ކުރިއެރުން. ގިނަބަޔަކު ހިތާއި ޜޫހުން އެމް.ޑީ.ޕީ ބަލައިގަނެ މިއަދާއި ހަމައަށްވެސް އުއްމީދުގެ ނަޒަރުން ބަލާ އެއް ސަބަބަކީ ދެފުރާޅުޖެހި ކޮންމެ ގެއެއްގެ ދަށުގައި އެޕާރޓީއިން އެކުލަވާލެއްވި ސިޔާސަތުތަކުން ފައިދާ ނުކުރާނޭ ބޮލެއް ނެތްކަން ކަށަވަރުވެގެން އައިސްފައިވުމާއި އެކު. އޭގެ ފައިދާ މިއަދުވެސް ލިބެމުންދާތީ. ބިންގާ، ޙާއްސަކޮށް އިންސާނީ ތަރައްޤީގެ ބިންގާ، އެމް،ޑީ.ޕީއިން އެޅުއްވީ ރާއްޖޭއަށް ދިމަކުރާތީ ނިޒާމު އަލަށް ތައާރަފްވެ ފިރުކެމުންދަނިކޮށް. ވޭތުވެދިޔަ އަހަރުތަކުގެ ބިނާކުރަނިވި ތަޖުރިބާއާއި، އޭގެ ތެރެއިން ލިބިފައިވާ އިލްމާއި، މައުލޫމާތާއި ސިޔާސީ ވިސްނުންތެރިކަމާއި ފަރިތަކަމުގެ ނަތީޖާއަކީ ރާއްޖޭގެ ޑިމްކުރާތީ ނިޒާމު މިއަދު އަހަރުުތަކަކަށްފަހު ހިނގައިގަނެވުނު ހިނދު، ދިވެހި ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް އެދުވަހު އެޅުއްވި ބިންގާ ދަމަހައްޓާ އިތުރަށް ވަރުގަދަކޮށް އެހެން ހަރުފަތަކަށް ގެންދިޔުމުގެ ޤާބިލުކަން ޕާރޓީއަށް ލިބިފައި އޮތުން. މިއީ ދެކޮޅު ނުހެދޭނެ ހަޤީގަތެއް. ރަނގަޅަށް ވިސްނާލާ އިރު ޕާރޓީގެ ހަޔާތުގައިވެސް މިއީ ވަރަށް މާނަފުން ވަގުތެއް. ހިތަށްއަރަނީ ޕާރޓީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ ޚިޔާލުތަފާތުވުންތަކާއި އެކުވެސް، އެހުރިހާ ބޭފުޅުންގެ އަހަރުތަކުގެ ތަޖުރިބާއިން މިޕާރޓީއަށް ލިބިފައިވާ ޤާބިލުކަމުގެ ފައިދާ ކުރިޔަށް އޮތް ތަނުގައި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތުގައި ކުރާނޭކަން ކަށަވަރުކުރުމަށް ރައްޔިތުންގެ ލޯތްބާއި އުއްމީދު އިންތިހާއަށް އޮތް އެމް.ޑީ.ޕީއިން، އަމަލު ކުރެވޭނެ އެންމެ އިސްތިރާޖީ ގޮތަކީ ކޮބައިތޯ؟ ނުވަތަ ގޮތެއް އެބަ އޮތްތޯ؟ ގޮތެއް އޮތަ ދޭނެތޯ؟ ޚިޔާލު ހަމަ ފާޅުކުރަންވީ....... A youth can dream, and I dream of a united front for our party, but they'll call me naive, and perhaps naive I am, for having a dream.
14
29
3
87
12,310
Honoured and excited to serve as Vice President of Women & Democracy. I look forward to helping more people, especially youth and women, turn knowledge and participation into collective action. Planting seeds today for lasting change tomorrow. 🌱
Introducing the Vice President of Women & Democracy's 4th Executive Board, @FathmathHamdha !! Hamdha brings a commitment to civic education, community engagement and empowering women and young people to take an active role in shaping their communities. "I have always been inspired by the power each of us holds to create change through awareness, knowledge, participation and collective action. The community I envision begins with individuals like you and me embracing our responsibilities in our own capacity as citizens. As Vice President of Women & Democracy, I am determined and excited to build on our valuable work, helping people, especially youth and women recognize, build and exercise that power. Together, we can create the right conditions, plant the seeds today and nurture lasting change for tomorrow." Congratulations, Hamdha! We look forward to the youthful energy, dedication and vision you bring to this new term. #womenanddemocracv #wdmaldives
1
3
10
1,062
ދިވެހިރާއްޖޭގެ ނަލަ ޗާލު މަންޒިލެއްގައި ހުރެ ހަނދާންވަނީ މިނިވަންކަމަކީ ހަމައެކަނި ތާރީޚެއްނޫންކަން. މިނިވަންކަމަކީ އަހަރެމެން ވަށައިގެންވާ އުދަރެހަށް، ކޮންމެ ރާޅަކަށް، ކޮންމެ ފަރަކަށް، ކޮންމެ ފަޅަކަށް ބަލާލުމުން ހިތަށް ވެރިވާ އިޚުސާސެއްކަންވެސްމެ. މިއަދު ފާހަގަމިކުރަނީ އަހަރެމެންގެ ޤައުމުގެ މިނިވަންކަމާއި، މި ރީތި ޖަޒީރާތަކަކީ އަހަރެމެންގެ އަމިއްލަ ވަޒަން ކަމުގައި ބުނުމުގެ ފަޚުރު. މިނިވަން ދުވަހުގެ ތަހުނިޔާ އެންމެ ބޭފުޅުންނަށް އަރިސްކުރަން ❤️🤍💚 🇲🇻 #happyindependenceday #maldives
1
2
12
811
ޤާނޫނު އަސާސީގެ މާއްދާ 17 (ހ) (ތަފާތުނުކުރުން) ގައި ބަޔާންކޮށްފައިވަނީ، އެއްވެސް ބާވަތެއްގެ ތަފާތުކުރުމެއް ނެތި، އެންމެހައި އަސާސީ ހައްގުތަކާއި މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް. މީގެ ތެރޭގައި "ސިޔާސީ ނުވަތަ އެނޫންވެސް ޚިޔާލުތައް" ސަރީހަ އިބާރާތުން ހިމަނާފައިވާނެ. މުވައްޒަފަކު ގެންގުޅޭ ސިޔާސީ ފިކުރެއްގެ ސަބަބުން ވަޒީފާއިން ވަކިކުރުމަކީ، އެމީހަކަށް ލިބިދޭ ޚިޔާލު ފާޅުކުރުމުގެ ހައްގާއި މިނިވަންކަން (މާއްދާ 27) އަދި ތަފާތުކުރުމެއް ކުރިމަތިވުމެއް ނެތި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ހައްގާ (މާއްދާ 30) ޚިލާފު ކަމެއް. އަދި ވަޒީފާއާބެހޭ ގާނޫނު (ގާނޫނު ނަންބަރު 2/2008) މެދުވެރިކޮށް މި ހައްގުތައް ވަޒީފާގެ މާހައުލުގައި ރައްކާތެރިކޮށްދީ، ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ގާނޫނީ ގޮތުން މަނާކަމެއް ކަމުގައި ކަނޑައަޅާފައިވާ އިރު ސަރުކާރަކުން މިފަދަ އަމަލުތައް ކުރާކަމީ ދިވެހި ޤާނޫނުގެ ބާރުކަނޑުވާލާ ސަރުކާރުގެ ސައްޙަކަން ގެއްލިފައިވާކަން ކަށަވަރުކޮށްދޭ ދަށު ދަރަޖައިގެ އަމަލެއް.
ސަރުކާރުން އެތައް ބަޔަކަށް ދެމުންދާ އަނިޔާއާއި ދައްކަމުންދާ ވަޒީފާގެ ބިރަށް، ވަޒީފާ ބުރާސްފަތީގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކޮށް ތިޔަ ދިން އަނިޔާއަށް މާޗީ ކުޑަކަކޫ ނުޖަހާނެ. ފަހަތަކަށްވެސް ނުޖެހޭނެ. އަނިޔާއާ ދެކޮޅަށް އަދި އިންސާފުގެ މަގަށް ކުރަމުން އަންނަ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ. މާޗީ އަކީ ސްޓެލްކޯއަށް ޚިދުމަތް ކުރާތާ 10 އަހަރު ވަމުންދާ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ބެޗްލަރސް ވިތް އޮނާސް ހާސިލްކޮށްފައިވާ ގާބިލު، ކެރޭ، ހިންގުންތެރި، ފިސާރި އިލެކްޓްރިޝަނެއް. ވަޒީފާގެ މާހައުލު ގަޔާ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ، ހަމަޔާ އިންސާފަށް ލޯބިކުރާ އަދި ވަކާލާތު ކުރަމުންދާ ޒުވާނެއް. މާޗީ އެދުވަހު ހުރީ ފެހި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދެމުންއައި ހައްޤެއްގެ މަތީ. ބަޔަކު ސަރުކާރު ވައްޓާލުމުގެ ވާހަކަ ދުރުގައި ބާއްވާ. ސަރުކާރުން ތި ދަނީ ދިވެހި ރައްޔިތުން ކުރިމަތީ އަމިއްލައަށް ބަލިވެ ނިކަމެތި ވަމުން. ދެން ފެންނާނީ ވައްޓާލަން ޖެހުމަކާ ނުލާ ވެއްޓޭތަން. މި ފެންނަމުންދަނީ އެމަންޒަރު.
17
25
4,609
ސަރުކާރުން އެތައް ބަޔަކަށް ދެމުންދާ އަނިޔާއާއި ދައްކަމުންދާ ވަޒީފާގެ ބިރަށް، ވަޒީފާ ބުރާސްފަތީގެ ސުލްހަވެރި އެއްވުމުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކޮށް ތިޔަ ދިން އަނިޔާއަށް މާޗީ ކުޑަކަކޫ ނުޖަހާނެ. ފަހަތަކަށްވެސް ނުޖެހޭނެ. އަނިޔާއާ ދެކޮޅަށް އަދި އިންސާފުގެ މަގަށް ކުރަމުން އަންނަ މަސައްކަތަށް މަޑުޖެހުމެއް ނާންނާނެ. މާޗީ އަކީ ސްޓެލްކޯއަށް ޚިދުމަތް ކުރާތާ 10 އަހަރު ވަމުންދާ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިންގ އިން ބެޗްލަރސް ވިތް އޮނާސް ހާސިލްކޮށްފައިވާ ގާބިލު، ކެރޭ، ހިންގުންތެރި، ފިސާރި އިލެކްޓްރިޝަނެއް. ވަޒީފާގެ މާހައުލު ގަޔާ، ރާއްޖޭގެ ސިޔާސީ މައިދާނުގައި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރަމުންދާ، ހަމަޔާ އިންސާފަށް ލޯބިކުރާ އަދި ވަކާލާތު ކުރަމުންދާ ޒުވާނެއް. މާޗީ އެދުވަހު ހުރީ ފެހި ޤާނޫނު އަސާސީއިން ކަށަވަރުކޮށްދެމުންއައި ހައްޤެއްގެ މަތީ. ބަޔަކު ސަރުކާރު ވައްޓާލުމުގެ ވާހަކަ ދުރުގައި ބާއްވާ. ސަރުކާރުން ތި ދަނީ ދިވެހި ރައްޔިތުން ކުރިމަތީ އަމިއްލައަށް ބަލިވެ ނިކަމެތި ވަމުން. ދެން ފެންނާނީ ވައްޓާލަން ޖެހުމަކާ ނުލާ ވެއްޓޭތަން. މި ފެންނަމުންދަނީ އެމަންޒަރު.
2
20
1
43
10,622
ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރައްޔިތުންނަށް ގާނޫނުއަސާސީން ލިބިދޭ ހައްގެއް! ވަޒީފާ، އާމްދަނީ، ނުވަތަ ތަރައްގީގެ މަޝްރޫއުތަކަކީ ސިޔާސީ ވަފާތެރިކަމެއްގެ މައްޗަށް ބިނާވެފައި އޮންނަންޖެހޭނެ ކަންކަމެއް ނޫން!
ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމް.ޑީ.ޕީގެ ގައުމީ މަޖިލީހުން ނިންމީ ތިން ކަންބޮޑުވުމަކާ ގުޅިގެން 👇 (Thread below)
1
11
11
1,062
ސަރުކާރާއި މުއައްސަސާތަކުން ރައްޔިތުންގެ އަޑުއެހުމަށް އިންކާރުކޮށް ހައްޤުތައް ނިގުޅައިގަނެވެމުންދާއިރު، މިކަންކަމާއިމެދު އަޑުއުފުލުމަށް ނިކުމެ ސުލްހަވެރި އިހުތިޖާޖު ކުރެވެން އޮންނަ އޮތުމަކީ ޑިމޮކްރަސީއިން ކަށަވަރުވެފައިވާ މުހިއްމު ހައްޤެއް އަދި ވަސީލަތެއް. ވަޑައިގަންނަވާ!
1
8
7
944
ބުރާސްފަތި ދުވަހު މުޅި ރާއްޖޭގައި އިހުތިޖާޖު ކުރުމަށް އެމް.ޑީ.ޕީގެ ގައުމީ މަޖިލީހުން ނިންމީ ތިން ކަންބޮޑުވުމަކާ ގުޅިގެން 👇 (Thread below)
1
16
1
22
3,310
އެއީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވުމާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ސިޔާސީ ސަބަބުތަކަށްޓަކައި މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ކުރެވޭ ތުހުމަތުތަކާއި، އަދި ސިޔާސީ މަގްސަދަށް، ދައުވާކޮށް ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް ކުރެވޭ ތުހުމަތު ކުރެވޭ ކުރެވުމާއި..
1
4
7
479
Happy Birthday @faya_i and Raees Nasheed @MohamedNasheed 🎂✨ – at Maldives
17
50
3,626
From rooms to fields, from plans to real conversations, last month was about showing up where it matters most. For youth. For communities. For women in politics. Because participation doesn’t just happen, it’s built. #wdyouthcouncil #womenanddemocracy #planttheseedsnow
3
10
847
ތިނަދޫ ރައްޔިތުން ތިނަދޫގެ ތިލަފަތުގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންވީ ބައެއް ސަބަބުތައް.
2
21
1
41
5,336
މިފަހަރު އެމްޑީޕީ ތިނަދޫ އަންހެން ޓީމަކީ ހަމައެކަނި ނަމެއްގައި އޮންނާނެ ޓީމެއް ނޫން. މިއީ އަމަލީ ގޮތުން ނަތީޖާ ނެރެ، އެންމެން ހައިރާންކޮށްލާނެ ވަރުގަދަ ބައެއް. އަޒުމަކީ ކާމިޔާބީ ހޯދުން. ހޭވައްލާ ތައްޔާރު!
5
30
77
9,025
މުޖުތަމައުގައި ހިނގަމުންދާ އިޖުތިމާއީ ބޮޑެތި މައަސަލަތަކަށް ހޭލުންތެރިވުމަށް، މި ފިލްމަކީ ކޮންމެހެންވެސް ބަލާލުން ރަނގަޅު ފިލްމެއް. މި ފިލްމު ބެލުންތެރިންނާ ހަމައަށް ގެނެސްދިނުމަށް ކަނބުލޮގެ ޓީމުން ކޮށްފަވާ ބުރަ މަސައްކަތަށް ސާބަސް!
10
8
31
4,995
ދިވެހީންގެ ރާއްޖޭގައި އަހަރެންގެ ދޮޅު އަހަރުގެ ތަޖުރިބާ - އެއީ އެވެރިންގެ ރާއްޖެ
24
33
12
98
32,563
އެދުވަހުވެސް އަޅުގަނޑު ދެންނެވީ މިހެން. ޕަވަރ ޑައިނަމިކްއަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫނޭ. އޮޔާ ވަޔަށް އަންނަ ބަދަލާ އެއްގޮތަށް މިސްރާބު ކުރަން އެނގެންވާނެއޭ. "ކަނޑު ގަދަ ތަޖުރިބާ ގިނަ ދަތުރެއްމީ، އަޑު އުފުލަން އެހާ މޮޅު ވައުދެއްމީ."
މަލްޓިޕާރޓީ ސިސްޓަމެއް ހިންގުމުގެ އެންމެ މުހިއްމު އެއް އުންސުރަކީ މުޅި ރައްޔިތުން ހިއްސާވާ ކަންކަމުގައި، އާންމު ލަނޑުދަނޑިތައް ހާސިލް ކުރުމުގައި އެއްބަސްވުމަކަށް އަންނަން ޖެހޭ ހާލާތެއް މެދުވެރިވާނަމަ 'ކޮންސެންސަސް' އަކަށް އާދެވޭތޯ ބެލުން. އެއް ޕާރޓީއެއްގެ ބަޔަކު އަނެެއް ޕާރާޓީއެއްގެ ބަޔަކާ ބައްދަލުކޮށް ވާހަކަ ދެއްކުމަކީ ނުވަތަ އެއް ޤައުމުގެ އެކި ޕޮލިޓިކަލް ޕާރޓީތައް އަނެއް ޤައުމުގެ އެއް ޕޮލިޓިކަލް ޕާރޓީއާ ނުވަތަ ހުރިހާ ޕާރޓީއަކާ ޑައިލޮގް ބޭއްވުމަކީ މައްސަލައެއްނޫން. އެއީ ޑިމޮކްރެޓިކް، ކޮންސާރވޭޓިވް، ލިބަރަލް، ކެޕިޓަލިސްޓް އަދި ސޯޝަލިޓް ބަޔަކާ ކަމުގައި ވީނަމަވެސް ޑައިލޮގް ނުބޭއްވެންވީ ސަބަބެއް އޮވެގެން ނުވާނެެ. މިީ ޤައުމީ އަދި ބައިނަލް އަޤުވާމީ ލެވެލްގައި ޖިއޯޕޮލިޓިކަލް ދުނިޔޭގައިވެސް ކަންހިނގާ އުސޫލު. މިފަދަ ކަންކަމާއި މެދު އާންމު މެމްބަރުންނާއި ރައްޔިތުން ކޯޅި، ދެބަސްވެ، ހިންހަމަ ނުޖެހުން ފާޅުކުރުމަކީ އަހަރެމެންގެ ވިސްނުމުގެ އުނިކަން. މިކަންކަމަށް ދޯޅުވެ ހޭލުންތެރިވެ ޖާގަ ދިނުމަކީ މުހިއްމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން. ޕަވަރ ޑައިނަމިކްއަކީ އަބަދު އެއްގޮތަކަށް އޮންނަ އެއްޗެއް ނޫން. އޮޔާ ވަޔަށް އަންނަ ބަދަލާ އެއްގޮތަށް މިސްރާބު ކުރަން އެނގެންވާނެ. "ކަނޑު ގަދަ ތަޖުރިބާ ގިނަ ދަތުރެއްމީ، އަޑު އުފުލަން އެހާ މޮޅު ވައުދެއްމީ."
21
6
6
26
13,113
‼️ The sexist, degrading remarks made against journalist Fathimath Madhadha at a PNF event are beyond reprehensible. I don't see any political critique here, it was an attempt to humiliate, sexualize, and silence a woman for simply doing her job. An was an attack on her dignity, her profession, and every young woman who dares to speak truth to power. ‼️ Tolerating these kind of remarks normalizes the harassment of women in media, erodes press freedom, and reinforces the toxic belief that women must endure abuse to exist in public spaces. ‼️ Name it for what it is: blatant misogyny. I will stand firmly against it, every time.
Statement from Sangu TV in regards to remarks made by the People’s National Front (PNF) leadership during the meeting broadcasted live by Channel 13 on the evening of 6th May. @ifjasiapacific @IFJGlobal @CPJAsia @RSF_inter
6
20
1
77
30,359
And to those defending the harasser saying “it’s only right,” “she deserved it,” or brushing it off as “just words”.... your complicity is disgusting.
3
11
1,610
Planting the seeds now 🌱✊🏽 Empowered minds, empowered nation! Our (@wdmaldives) Civic & Voter Education program will and has inspired youth to take charge of their future, learning the power of their voice, their vote, and their role in shaping society. And in efforts to achieve this, we’re building a generation that leads with knowledge, courage, and purpose! Thank you @WomenInFvm for the swift collaboration. And Fuvamulah Zuvaanunge Adu for facilitating the workshop with us. #civiceducation #nextgenleaders #votereducation
2
9
1
37
16,089
♦️ May 6 marks four years since the terrorist attack on President Nasheed, yet no masterminds have been identified and justice remains undelivered. If an attempt on a former President and sitting Speaker sees no accountability, what hope is there for justice? ♦️ Yumnu's fall from the 9th floor under suspicious circumstances amid links to drugs and powerful figures remains unresolved, with no accountability even as she recovers from life altering injuries abroad. ♦️ Time and again, Maldives continues to witness justice denied. These failures really do signal a dangerous culture of impunity and highlight the urgent need for genuine judicial reform and public trust restoration... Before it's too late.
12
43
3
104
24,281
Once again, a girl child in the Maldives has been failed. Abused by her stepfather and her aunt’s husband. Disowned by her mother. Silenced by her aunt, a social worker at @MoGFSSmv , who protects the abuser. Just a personal tragedy? No it’s a systemic failure. Cases like this are slowed down by corruption, family influence, and small-town politics. Survivors are left unprotected, while abusers remain shielded. We call on @MoGFSSmv @PoliceMv @Presidencymv to look into this and take such cases with more attention and to pay closer scrutiny. If this case is as we hear it, the authorities must: ‼️ Suspend the social worker involved. ‼️Ensure protection for the child & whistleblowers. ‼️Investigate transparently and act without delay. This cycle must end. Justice must outweigh reputation.
this is not easy to say, but i can’t stay silent anymore. my niece,a girl i’ve watched grow up like my own little sister, was sexually abused by two men from within our own family. one of them is her stepfather.
17
1
50
12,860
Shimon and Mahzoom is FREE! She came straight back to the frontlines, unbroken. This is what courage and resilience looks like. You can cage bodies, but not voices. You can’t bury truth, it raises louder!
14
21
132
22,065
Restricted protests to Rasfannu, Usfasgandu, Industrial Zone & Carnival? The Constitution grants us the right to protest without authorisation. Restricting that right is unlawful and it’s not new. From the 2003 Kalhuthukkalaa uprising after Evan Naseem’s murder, to protests in 2011, 2015, 2018, every era has seen the state use “order” as a tool to silence dissent. These zones are not about safety. They're about erasing visibility, isolating resistance & shielding the powerful from accountability. Both sides of the political aisle have used these tactics. This isn't governance. It's control. To protest is not chaos. To resist is not crime! #FreeShimon #FreeMahzoom #JusticeForYumnu #RightToProtest
7
16
3
47
12,442