Abdul Rahman (@MpAhdhu) header
Abdul Rahman (@MpAhdhu) profile picture

Independent member for parliament of Maldives || Addu Meedhoo Constituency || Representing citizens.

Maldives
Joined March 2015
Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)Photo by Abdul Rahman (@MpAhdhu)
2027 ވަނަ އަހަރުގެ ކޮން(CON) ބަޖެޓު ،ކޮމެޓީ ރިޕޯޓަށް ކުރެވުނު ބަހުސްގެ ތެރެއިން. 100% ޕްރޮޖެކްޓް ނިންމަން 58.8 ބިލިއަން ރުފިޔާ އެބަ ބޭނުންވޭ، މި ބޭފުޅުން ގެ އަމާޒު ޕްރޮޖެކްޓުތަކުގެ 70% ، 2027ވަނަ އަހަރުގެ ނިޔަލަށް ނިންމަން 41.16 ބިލިއަން ރުފިޔާ އެބަ ބޭނުންވޭ، ބަޖެޓް ކުރެވިފަ އޮތީ 8.2 ބިލިއަން، ތިބޭފުޅުން ވިދާޅުވެދެއްވަން ވީ 2027 ވަނައަހަރު މި ބަޖެޓުން މަޝްރޫއުތަކުގެ 70% ނިންމާ ރިބަން ކަނޑާނެ ގޮތް، އަޅުގަނޑަށް ނޭނގެނީ ކަމައްވެސް ވެދާނެ.
136
2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ބަހުސްގެ ތެރެއިން.
2
215
ރަސްމާލޭ ޕްރޮޖެކްޓް އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާއި ދޭތެރޭ ރައްޔިތުންގެ ހިޔާލު ހުރިގޮތެއް ދެނެގަންނަން އަޅުގަނޑު ބޭނުން، ހާއްސަކޮށް އަޅުގަނޑުގެ ދާއިރާ ރައްޔިތުންގެ ހިޔާލު ހުރިގޮތެއް، ވީމާ މިކަމާއި ރައްޔިތުން ދެކިލައްވާ ގޮތެއް މެސެޖެއް ގޮތަށް އަޅުގަނޑަށް ފޮނުވައި ދިނުން ނުވަތަ މިޕްލެޓްފޯމުގައި ފާޅުކޮއްދިނުމަށް އެދެން.
400
މިއީ އަޅުގަނޑުމެން ކުޑައިރު ޕިކްނިކް ހަދަން އުފާ ކުރަން ދިޔަ އިސްމެހެލާ ހެރަ، މިހާރު ނަމުން ނަމަ ސައުތުޕާމް ރިޒޯޓް، އޭރު އަދި އޭގެކުރިން އައްޑޫ މީދޫ މީހުންނަށް މިރަށުން ، އުފާވެރިކަން ލިބުނު، ކާށި ލިބުނު، ދަރުލިބުނު، މަސްހިފަން ބޯވަ ނަގަން ލިބުނު. މިހާރު މިތަނުން މީދޫ މީހަކަށް އެއްޗެއް ކަމެއްނެތް، އަޅުގަނޑުމެން އަތިރިމަތިން އުފާވެރިކަން ހޯދަން އަންނަތަން އަދި މީދޫ ޓުއަރިޒަމް ޒޯނު ކުރިމައްޗަށް ބޮޑު ގޮނޑެއްހެން އިންޑަސްޓްރިއަލް ޒޯނެއް ހަދާ މިހިސާބުން ލޮލަށް ލިބުނު އުފާވެރިކަންވެސް ގެއްލިއްޖެ. ދައުލަތަށް ލިބުނު އެއްޗެއް ނެތް، މިރަށް ރިޒޯޓަކަށް ހެދި ބަޔަކަށް ލިބުނު އެއްޗެއްވެސް ނެތް. ދެން ހަމަ ބަޔަކު މިތަނަށް ސިމެންތި ފުންޏެއް ޖެހީމަ ތިބެންވީ އުމުރަށް މިތަން މިހެން ބާއްވައިގެން؟ މިއީ އަޅުގަނޑުމެން ގައުމުގަ، ރަށުގަ ތިއްބާ އަޅުވެތިކުރުން. @MoTmv @MMuizzu
1
119
ހުސް އިވެނީ ދަރަނީގެ ވާހަކަ، ލޯނު ނެގިވާހަކަ، ލޯނު ދައްކާވާހަކަ، ލޯނު ދައްކަން ލޯނު ނަގާވާކަ، ލޯނު ނުދައްކައިފިނަމަ ފިޗުރޭޓިން ކްރެޑިޓްރޭޓިން ދައްވާ ވާހަކަ. ސިވިލްކޯޓުގެ ވެބްސައިޓް ބެލީމަ ހުސް ފެންނަނީ ދަރާ އަޅަބޯކާފަ ރަހުނު ނުހިމެނޭ ދަރަނި ނުދައްކައިގެން ހުކުމް ކޮއްފަ ތިބި ރައްޔިތުންގެ ވާހަކަ. ދައުލަތާއި ރައްޔިތުންވެސް އެއްހާލެއްގަ. ދަރަނި ނަގައިން ކުރަނީ ކީއް؟ ލަގްޒަރީ ނަގަނީ؟
1
141
"ބާ ވެހިކަލްތައް ނައްތާލާ ގޮތަށް ގާނޫނުގައި އޮތް ނަމަވެސް އެކަން ކުރާނީ ބަދަލު ދީފައި ކަމަށް، މިނިސްޓަރު ވިދާޅުވެއްޖެ"!!! ހަޔާތުން އެއް އަހަރުގެ ވަގުތުން އަގުދީ އުމުރުގެ ބާކީތަނައް ގަނެފައިވާ ސަވާރީ، ހާއްސަކޮއް އަޅުގަނޑުމެންގެ ރަށްފުށު ބޭބެމެން ބަރާބަރަށް މެއިންޓެއިންކޮށް ބަލަހައްޓާ އަދި އިތުރު 20 އަހަރައްވެސް ދުއްވޭ ވަރު ވޭވް 125 ވެސް ދޫކޮއް، މި ޖެހެނީ ، އުމުރު ދުވަހު މަސައްކަތްކޮއްފަ އެޅިގޭ ފުރާޅު ބަދަލު ކުރަން ނުލިބުނު ޕެންޝަން ލާރިކޮޅާ މުޑިއަރުވާ ދަރަނިވެރިވެގެން އެހެން ސަވާރީއެއް ނަމާދާއި ގެއަށް މަސްކޮޅު ގަންނަންދާން ނަގަން. އުގާންޑާ އިތޯޕިއާއައްވުރެން ތަންކޮޅެއް ހެވީ، ކަން ކުރަން އުޅެނީ ސްވިޒަލެންޑުހެން. ރައްޔިތުންނަށް ދުއްޕާންކުރަން .
1
1
7
472
އާސަންދަ ސްކީމަށް ގެންނަ ބަދަލުން 60 ހާސް ރުފިޔާ ލިބޭ މީހާއަށް އަސަންދަ ކަނޑާ ވާހަކަ މަހަކު ދެހާސް ރުފިޔާ ދައުލަތުން ހަރަދުވާ 1+ މިލިއަން ރުފިޔާގެ މެޑިކަލް އިންސުއަރެންސް ޕެކޭޖެއް ޑިޕެންޑެންޓުންނާއި އެކީ ނަންގަވައިން ހުންނެވި މަޖިލިސް މެންބަރަކު ދެއްކެވުން ބަލައި ނުގަނެވޭ. މިވެސް ކަނޑާ، ދެންވެސް ދައުލަތުން އިންސުއަރެންސް ނަންގަވާ ހުރިހާ ބައެއްގެ އާސަންދަ ކަނޑާ، އެކި ބޭކަލުންނަށް ދައުލަތުން ދޭ އޮފީސް ހިންގުމާއި އިނާޔަތާއި ޕެންޝަންވެސް ކަނޑާ. 60 ހާސް+ ރުފިޔާ ލިބޭ މީހާ ދައްކާ ޓެކުސް މާގިނަ، އެމީހާ ބަލަންޖެހޭ މީހުންނާއި ދަރިން އެމީހާ ފާރތުން ރިޒުގު ލިބޭމީހުންވެސް ގިނަ. އަމިއްލަ ޗޮއިސް އިން ދެއަތް އުރައިން އަތުންފައިން މަސައްކަތެއް ނުކޮށް ތިބި ބަޔަކަށް، ވަކި ދޭން؟ 60 ހާސް ރުފިޔާ މަތިން ލިބޭ މީހާއަށް ނުވަތަ ވިޔަފާރި ވެރިއާއަށް އެންމެންގެ ނަފްރަތާއި ހަސަދަ. ސަރުކާރުންވެސް ޕްރޮމޯޓު ކުރަނީ މި ނަފްރަތާއި ހަސަދަ ބާކީ ރައްޔިތުންނާއި އެމީހުންނާއި ޖައްސަން. ސަރުކާރު ފެއިލްވީމަ؟ ލިބޭމިންވަރު ދަނެގެން ބުރަމަސައްކަތުން ތަނަވަސްކަން ހޯދާމީހާވެސް ލޭބަލް ވަނީ ބައިތުލްމާލުން ވައްކަން ކުރާ ވަގެއް ފަދަ ވަގަށް. 60 ދޮޅަސް ހާސް ރުފިޔާއަށްވުރެން ގިނައިން ލިބޭ މީހުންނަށް މުސްކުޅި 5 ހާސްވެސް ކަނޑާ، ކަނޑާފަ އެމީހަކު ޕެންޝަން ފަންޑުގަ ހުރިއެއްޗެއް އެމީހަކަށް އެކީއެކަށްދީ، ދެން އެކަމް މަހުންމަހަށް 60 ހާހުން މަތި ލިބޭ މީހާގެ އާމްދަނީން ޕެންޝަންވެސް ކެނޑިގެންނުވާނެ. މެންބަރުންގެ އިންޝުރެންސް އޮންނައިރުވެސް މި ކަނޑަނީ އާސަންދައިން، ފުރަތަމަ އެކަން ހުއްޓުވުން މާރަގަޅު.
2
2
353
އިހުތިރާމް ލިބެނީ ކިހިނެއް؟
80
ބުޅާ ފެސިލިޓީގައި މިވަގުތު ބަލަހައްޓަމުންދަނީ 280 ބުޅާ، 3000 ބުޅާ ގެންގުޅެން 30 މިލިއަން ހަރަދުކޮށް އިހައްދުވަހު ހެދި އެ ފެސިލިޓީ އަލުން މަރާމާތުކުރުމަށް ފަހު އެ ފެސިލިޓީގައި 500 ބުޅާ ގެންގުޅެވޭނޭ ކަމަށް ސަރުކާރުން ބުނޭ. އަދި މީގެ އިތުރުން ބުޅާ ގެންގުގުޅުމަށް ހާއްސަ ސްޓޭޓް އޮފްދިއާޓް ރަށެއް ( ކެޓް އައިލެންޑް) ހެދުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައި. އަދި އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާ އާއި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް.
5
3
7
5
3,181
ފަތުރުވެރިކަމުގެ ޓެކްސް (ޓީޖީއެސްޓީ) އާއި ވިޔަފާރީގެ ޓެކުހުން ލިބުނު ފައިސާ އިތުރުވެ, 20 އޮގަސްޓުގެ ނިޔަލަށް ދައުލަތަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 27.61 ބިލިއަން ރުފިޔާ ލިބި ކުރީ އަހަރައްވުރެ 10.44 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެ. 2025 ވަނަ އަހަރުގެ މި މުއްދަތުގައި ދައުލަތަށް ލިބިފައި ވަނީ 25 ބިލިއަން ރުފިޔާ.
2
234
ގިނަ ރައްޔިތުން ބަލައިގަންނަ ކަމަށް ވިދާޅުވުމުން ގިނަ ރައްޔިތުން ބަލައިގަންނަ ކަމަކަށް ނުވާނެ. އަދި ޕީއެންސީ މަޖިލިސް މެންބަރުން، ސިޔާސީ މީހުން ސަލާންޖަހާ އަތް ފުނާ އަޅާ މަޖުބޫރުކޮށް، އާދޭސްކޮށް ވަގަށް ވައްދާފަ ތިބި މީހުން ލައިގެން ޕާޓީއަށް 70 ހާހަށްވުރެން ގިނަ މީހުން ވެއްދުމަކީ ސަޕޯޓް އޮތްކަމުގެ ޕިވޮޓަކަށް ބެލިޔަސް ތާއިދު އޮތްކަމަކަށްވެސް ނުވާނެ. ދިމާވެގެން މި އުޅެނީ އަދަކު އިއްޔައަކު ފެށިގެން އުޅޭކަމެއްނޫން، ހާއްސަކޮށް ރައީސް މައުމޫނުގެ ވެރިކަމަށްފަހު ވެރިކަން ބޭނުންވެގެން ރައްޔިތުންކައިރިއަށް ވޯޓުހޯދަންގޮސް ގައުމާ ނުބައްދަލު ވައުދުވަމުން، މި ވައުުދު ފުއްދަން އާމްދަނީ އާއި ނުބައްދަލު ލޯނުނެގުން. މިލޯނުތަކުން އާމްދަނީ ލިބޭނެ ކަމެއް ނުކުރެވޭތާ ލޯނުން ނަގާ ލާރީގެ ބޮޑުބައި ދަނީ މިވެރިންގެ ޖީބަށް، ޖީބުން ފުރޭނިގެން ކެމްޕޭނާއި ވޯޓުވިއްކާ މީހުންގެ ޖީބަށް. ގައުމު ކޮވިޑު ބަލިމަޑުކަމުގަ އިގުތިސާދު ފުނޑިފަ އޮއްވާ އޭރުގެ ސަރުކާރަށް މުހިއްމުވީ 500+ މިލިއަންޑޮލަރުގެ ތިލަމާލެ ބްރިޖް، މި ސަރުކާރަށް މުހިއްމު ވީ ބިލިއަންޑޮލަރުގެ ރަސްމާލެ. ބިއްލޫރި ޓަނަލާއި މޮނޮރެއިލް އަޅަން ވާހަކަ ދެއްކި އިރު ޑޮލަރު ހުރިވާހަކަ ބުނި. މިހާރު ތިޖޫރީ ހުރިތާ ވަޅުގަނޑެއް ހުރި ވާހަކަ. އެތަން މިތަނަށް އެންބެސެޑަރުންނާއި ކޮމިޝަނަރުންލާ އެމީހުންގެ އާއިލާތަކަށް އެގައުމުތަކުގެ އެންމެ މަތީފެންވަރުގެ ހިދުމަތްދޭން 650 މިލިއަން ރުފިޔާ ، ސަރުކާރުގެ ވުޒާރާތަކާއި އެސްއޯއީތަކަށް ބޭކާރު ލަފާދޭމީހުންނާއި މުޝީރުންނާއި ޕާޓީ ޕްރޮމޯޓު ކުރާ މީހުންނަށް ބިލިއަނުން ހަރަދު އެބަކުރެވޭ. ތިމާމެންނަށް އެއްޗެއް ލިބޭނެ ޕްރޮޖެކްޓެއް ވިއްޔާ އެބަ ހިންގޭ، ރައްޔިތުންގެ މަޖިލިހުގެ މެޖޯރިޓީ ލިބުމުން ޑޮލަރުގެ ރޭޓް 15.42 ކަށް ވުރެން ދައްކުރާނެ ވާހަކަ އަދި އެކަން ކުރަން އެނގޭ ވާހަކަ ބުނި. އެ މަޖިލިސް ބޭނުންކޮއްގެން ރައްޔިތުންގެ ޖީބު ފުކުރުން ނޫންކަމެއް ނުކުރެވޭ. ފައިނޭންޝަލް ލިޓަރެސީގެ ކަންފުޅެއް، އިގުތިސާދެއް ހިނގާގޮތެއް ސަރުކާރަށް އެނގޭހެން ހިއެއްނުވޭ، ހުސް ސިގިރޭޓް ޑިއުޓީ ބޮޑު ކުރިހެން އަޖުމަ ބެލުމަށް ކުރާކަންކަން، ޑޮލަރުގެ މައްސަލަ ހައްލުވޭތޯވެސް އަޖުމަބެލުމަށް އަޅާ ފިޔަވަޅުތަކެށް.
1
4
10
1,140
އައްޑު އަތޮޅަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ އިސްނެގުމުގެމަތިން އައްޑޫ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުން ހިއްސާކޮށް އަދި ޕްރޮޖެކްޓްތަކާއި ބެހޭގޮތުން މަޝްވަރާކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި ވުޒާރާތަކަށް ޒިޔާރަތްކުރުމަށް ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން މިއަދު ފެނަކަ ކޯޕަރޭޝަނުގެ ވެރިންނާއި ވެވުނު ބައްދަލުވުން. މި ބައްދަލުވުމުގައި އައްޑޫ ކަރަންޓު މައްސަލަ ހައްލުކުރުމާއި ކުންފުނި ހަރުދަނާ ކުރުމަށް ކުރެވެމުންދާ ކަންކަމާއި ބެހޭގޮތުން މަޝްވަރާވެވުނު، އަދި އަވަސް މުސްތަގުބަލެއްގައި އަލަށް އާބާދުވި ސަރަހައްދުތަކަށް ޔުޓިލިޓީ ހިދުމަތްތަށް ފޯރުކޮއްދެވޭނެ ކަމުގެ ޔަގީންކަން ފެނަކަ ކޯޕަރޭޝަންގެ ވެރިން ދެއްވި.
1
4
1,782
ދުއްޕާނު ޖަލްސާގައި ބަޔަކާއި އެކީ ބަޔަކު އެއްދާން ކުރާ ވާހަކަ ދެއްކެވީވެސް މިބޭފުޅުން، ވެރިކަމަށް ވަޑައިން އެމީހުންނާއިއެކީ އެއްދާން ނުކޮއްވެސް ފަރުނުޖެހުން. މާދަން ނޭނގޭ ކޮންބަޔަކު ކޮންބަޔަކާކަން އެއްދާން ކުރާނީ.
ތާރީޚުން މާކުރިއެއް ނޫނެވެ.އަދި ހިތުން ފިލާގެން ދާހާ ދުވަހެއް ވެސް ނުވެއެވެ. ބިނާ ކުރަނިވި ފިކުރުގެ ލީޑަރަކަށް ވުމުގެ ޚާއްޞަ ޝަރުތެއް އޮވެއެވެ.އެއީ MDP ގެ ލީޑަރުންނާއެކު ސިޔާސީ އެއްދާން ނުކުރުމެވެ.މިވާހަކަ އެންމެ އަޑުހަރުކޮށް އަޅުގަނޑުމެންގެ ކަންފަތްތަކަށް އިއްވީ ރައީސް ޔާމިނެވެ.ރައީސް ޔާމިން ޖަލުގައި އޮންނެވި ދުވަސްވަރުވެސް އަޅުގަނޑުމެން ލީޑަރުން ނުކުރާ ކަމެއް އޮވެއެވެ.އަދި މިހާރުވެސް ނުކުރާ ކަމަކީ MDP ލީޑަރުންނާއެކު ސިޔާސީ އެއްދާން ކުރުމެވެ.PPMގެ ކުރީގެ ރައީސް،ރައީސް މައުމޫނާއި ޕާޓީގެ ސަޕޯޓަރުންނާ ދުރުކުރުމަށް ރައީސް ޔާމީން ބޭނުންފުޅު ކުރެއްވި ސިޔާސީ ހަތިޔާރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ބޭނުންފުޅު ކުރެއްވި އެއް ހަތިޔާރަކީ ރައީސް މައުމޫން MDP ލީޑަރުންނާއި ވާހަކަފުޅު ދައްކަވައި ސިޔާސީ އެއްދާން ކުރެއްވިކަމުގެ ވާހަކަފުޅެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންނަށް މިފެނިގެންދަނީ ކޮން މަންޒަރެއްތޯއެވެ؟އެވާހަކަފުޅު ހަރުއަޑުން ދެއްކެވި ރައީސް މިހުންނެވީ މުންޑެއް އަންނަވައި MDP ގެ އިސްލީޑަރާއެކު ހިނިވަރުނަ ކުރެއްވުމުގައެވެ. ރައީސް ޑރ @MMuizzuގެ މޭޔަރ ކަމުގައި MDP ސަރުކާރުން ތަފާތު ރަސްމީ ހަފްލާތަކަށް އެމަނިކުފާނަށް ދަޢުވަތު އަރުވައެވެ.ދަޢުވަތު ޤަބޫލުފުޅު ކުރައްވަން ބޭނުންފުޅު ނަމަ އެކަން ކުރެވުނީސް ނޫންތޯއެވެ؟ނަމަވެސް އެމަނިކުފާނުގެ ޕާޓީގެ ލީޑަރަށް ސިޔާސީ އަނިޔާދީ،ސިޔާސީ ނުފޫޒު ފޯރުވައި ނިޒާމުން ގެއްލުވާލައި ތަފާތު ކުރުންތައް ނިޒާމުތެރޭގައި އަށަގަންނުވާފައިވާތީ އެމަނިކުފާނު ހުންނެވީ އެކަމަށް ދެކޮޅު ހައްދަވައި އިހްތިޖާޖު ކުރުންމަތީގައެވެ.ފަސޭހަގޮތްވެސް އޮތެވެ.ނަމަވެސް ޤަބޫލު ކުރާ އުޞޫލުތައް ނަގަހައްޓަން ބޭނުންފުޅު ވީއެވެ.ނަމަވެސް އެއުޞޫލުތަކުގެ ވާހަކަ ހަރު އަޑުން ދެއްކެވި ރައީސް މިހުންނެވީ މުންޑު އަންނަވައިގެން އަމިއްލަ އެދުންފުޅު އިސްކޮށް،ޤަބޫލުފުޅު ކުރެއްވި އުޞޫލުވެސް ދޫކުރައްވައިގެންނެވެ.ޖަލުންގެ ކުޑަގޮޅި އާއި މިނިވަން ޖައްވުގެ ތަފާތު ކަމަށްވެސް ވުން އެކަށީގެން ވެއެވެ. ބިނާކުރަނިވި ފިކުރުގެ އަހުލުވެރިންނޭވެ!އަޅުގަނޑުމެންގެ ރައީސާއެކު މިތިބީ އަޅުގަނޑުމެން އޭރުވެސް ޤަބޫލުކުރި އަދި މިއަދުވެސް ޤަބޫލު ކުރާ އުޞޫލުގައި ބާރަށް ހިފަހަށްޓައިގެންނެވެ.ތިބޭފުޅުންނަށް މިހާރު އަމިއްލަ އެދުން އިސްކޮށްގެން ސިޔާސީ މަސައްކަތްކުރާ ލީޑަރުންނާއި އިޚްލާސްތެރިކަމާއެކު ޤަބޫލު ކުރާ އުޞޫލުމަތީ ހުންނަވާ ލީޑަރުން ސާފުވާނެއެވެ.
247
އައްޑޫ އެމްޓީސީސީން ދަތުރުކުރަން އޮތް ކިރިޔާ ހުވާސް ހިނގާ 2 ލޯންޗުން އެއްލޯންޗު މިދަނީ، ދެކޮޅަށް 1000 ލީޓަރަށްވުރެ ގިނަ ތެޔޮ ހަރަދުކޮށް މި ޗުއްޓީ ދުވަސް ވަރު ދަތުރުކުރަން ޖާގަ ނުލިބި ތިބި އެތަށް ބަޔަކަށް ވުރެން މުހިއްމު ކުންފުނި އެމްޑީގެ ހުވަދޫ އެތެރޭގެ ދަތުރުކުރަން.
2
334
ކެންދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު، ސިޔާސީގޮތުން އެތައްބަޔަކު ވަޒީފާއިން ވަކި ކުރާކަން ފާހަގަކޮށް، މަޖިލީހުގެ މެންބަރުން ދެކެވަޑައިގަންނަވާގޮތެއް ބެއްލެވުމަށް ހުށަހެޅުއްވި ގަރާރު ބަހުސްތެރެއިން، އަޅުގަނޑަށް ފެނުނުގޮތް.
3
686
އަޅުގަނޑަށް ޝައްމާން ދެއްކި ވާހަކައިގެ ހަގީގަތެއް ނޭނގޭ، ނަމަވެސް ބަންގްލަދޭޝް މީހުންނަށް ކޯޓާ ދޫނުކުރި ދުވަސްވަރުގައި 25ހާސް ރުފިޔާއަށް ކޯޓާވިއްކިކަން ބޭރުމީހުން ގެންނަ ގިނަ ފަރާތްތަކަށް އެނގޭ. މިފަހުންވެސް އަޅުގަނޑުމެން ދާއިރާ ބަޔަކު ގެނެސް އުޅުނު ބަންގްލާދޭޝް މީހަކު ހިފަހައްޓާ އެމީހާވެސް 25 ހާސް ރުފިޔާ ދިނުމުން ދޫކުރާނެ ކަމަށް އިމިގްރޭޝަންގެ ނެޓްވޯކަކުން ބުނި. 25 ހާސް ރުފިޔާ ދިނުމަށްވުރެން އަލަށް ބޭރުމީހަކު ގެނައުންވެސް މާހަރަދު ކުޑަކަމަށް އެމީހާގެނައި ފަރާތުން ބުނެ އެ ފައިސާ ނުދެއްކުމުން އަދިވެސް ބަންގްލާމީހާ ހުރީ ދައުލަތުގެ ހަރަދުން ކައިބޮއެ ނިދަން. ތިކަން ނުހިނގާނެ އޭ ދަންނަވާކަށް ނެތިން. މިނިސްޓަރ އިޙްސާންގެ ބައިވެރިވުން ނެތަސް އެތާތެރޭ މިކަން އެބަހިނގާ. އަޅުގަނޑު ހަމަ ރެޑީ މިކަމާއި މުންދުއާއި އެކީ އަރާ ޒުވާބު ކޮއްލަންވެސް.
9
20
1
61
9,101
ގިނަ ރައްޔިތުންނަށް ގަބޫލުކުރަންވީ އަދި އިތުބާރުކުރަންވީ ކޮންވާހަކައެއް ކަމެއް ނޭނގޭ، ސަރުކާރުގެ ވާހަކަތޯ، ނޫހުގެ ވާހަކަތޯ، އައިޝާގެ ވާހަކަތޯ ، އެނގެން ބޭނުންވަނީ ހަގީގަތް. ދިވެހީން އެދެނީ ދިވެހީންގެ ވަލިއްޔުލް އަމްރަކަށް އަބުރުވެރި ސާލިޙް ބޭފުޅަކު ހުންނަން. ދެރަކަމަކީ މިކަމުގެ %100 ހަގީގަތް އެނގެނީ ހެއްދެވިފަރާތަށާއި މިކަމުގައި ތުހުމަތުކުރާ އަދި ތުހުމަތު ރައްދުވާ ފަރާތައް އެކަނި. ދޮގުހަދަނީ ކާކުކަމެއް ނޭނގޭ، ގަބޫލު ކުރަންވީ ދިރިއުޅުމަކަށް ޒިނޭކުރަމުން ފާހިޝްކަން ކުރާކަމަށް އިއުތިރާފުވެ ވާހަކަ ދައްކަމުން ދާ އަންހެނެއްގެ ވާހަކަކަމެއް ނުވަތަ ދިވެހިގައުމުގެ ވަލިއްޔުލް އަމްރުގެ ވާހަކަކަމެއް ގިނަ ރައްޔިތުންނަކަށް ނޭނގޭ. ދިވެހީން މިހާރު އެއްވެސް ބަޔަކަށް މި އިތުބާރު ނުކުރޭ.
4
5
3
18
14,599
އަވަށްޓެރިއަކު އަޅުގަނޑު އަތުން ނެގި 400 ޑޮލަރުގެ ލޯނެއްގެ ބާކީ ނުދެއްކި އިން 319 ޑޮލަރު ހަމަ އަޅުގަނޑު އަތުން 319ޑޮލަރުގެ ލޯނެއް ނަގައި އަޅުގަނޑަށް ދައްކައިފި.
1
5
483