VP Faisal (@VPFaisalInfo) header
VP Faisal (@VPFaisalInfo) profile picture

Unofficial page about Former VP Faisal Naseem. No affiliation or endorsement.

Joined February 2014
Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)Photo by VP Faisal (@VPFaisalInfo)
ޤައުމު ޤައުމަކަށް ވަނީ، ކަންކަން ރަނގަޅުވަނީ، ޚިދުމަތްތައް ފުޅާވަނީ އަދި ރައްޔިތުންގެ އިތުބާރު ލިބެނީ އެންމެން އެކުވެގެން ކުރެވޭ މަސައްކަތްތަކުން. - @FaisalNasym
3
1
103
ކުރީގެ ނައިބު ރައީސް ފައިޞަލް އާއި މޭޔަރު ޢާޒިމް ދަތުރުވެރިންގެ ގާތަށް ވަޑައިގެން ޙާލު ބެއްލެވުން. @FaisalNasym @adamazim #FaisalAzim2028 #MDPPresidentialPrimary #VoteFaisal #RanreendhooFathihakah
8
6
546
VP Faisal retweeted
ދިވެހިރާއްޖޭގެ ތަޢުލީމީ އަދި އިޖުތިމާޢީ ދާއިރާއިން، ފަރުދީ ހައިސިއްޔަތުން ކުރީގެ ނައިބް ރައީސް @FaisalNasym ވަނީ އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވާފަ
7
17
633
މުޖުތަމަޢުގައި ހިނގާ ބޮޑެތި ކުށްތަކާއި، ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި، ރިޝްވަތާއި، ފަސާދައިގެ އަމަލުތައް އަދި ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް. ސަރުކާރުގެ ނާޤާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން، އެކަންކަން އެނގުމަކީ ވެސް ރައްޔިތުންނަށް ލިބިގެންވާ ޙައްޤެއް. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނުއަސާސީގެ 27، 28، 29 ވަނަ މާއްދާ އިން ކަށަވަރު ކޮށްދީފައިވާ ޙައްގު ތަކަކަށް ވީ ހިނދު، މި ހައްގުތައް ނިގުޅައިގަތުމަކީ ގާނޫނު އަސާސީގެ 16 ވަނަ މާއްދާ އިން ކަނޑައެޅިގެން މަނާކޮށްފައިވާ ކަމެއް. އަޅުގަނޑުމެންގެ ދުސްތޫރުގެ ހުރުމަތަށް ވެސް ނުބަލައި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ނުފޫޒުގެ ދަށުގައި ބައި ތިއްބައިގެން، މިނިވަން ޑިމޮކްރެޓިކް މުޖްތަމައު ތަކުގައި ނަގަހައްޓަމުން އަންނަ މިފަދަ އަސާސްތައް ނެތިކޮށްލުމަށް، ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މާލިއްޔަތުގެ ގާނޫނަށް ހުށަހަޅާފައިވާ (ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދު ތަކުން ޖޫރިމަނާ ކުރުމުގެ) އިސްލާހު އަބުރާ ގެންދަން ގޮވާލަން. ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން، މެޖޯރިޓީން އިން ފާސް ކުރާ ކޮންމެ ބިލެއް ޤާނޫނަކަށް ވާއިރު، އެކަމުގެ ސަބަބުން ދެން ތިބޭ ރައްޔިތުންނަށް ކުރާނެ އަސަރާއި، އެކަމުން ނިކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނާލުމަކީ ކުރަން ޖެހޭ ކަމެއް.  މިފަދަ ކަންކަމުން މި ފެންނަނީ ޤައުމު އޭގެ ޒާތުގައި ނެތިގޮސް، ޤައުމުވަންތަކަން ހަލާކުވެ ފުނޑު ފުނޑުވަމުންދާ މަންޒަރު. މިއިން އެނގެނީ ވެރިކަމުގެ ދަހިވެތި ކަމުގައި، ވެރިކަން ދިފާއު ކުރުމަށްޓަކައި، ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން. މިއީ ރައްޔިތުން މިކަންކަމާ މެދު ވިސްނައި، މި ނޫން އެހެން ގޮތެއް ހޯދަން ޖެހޭ ސަބަބު.
2
42
1
68
2,784
VP Faisal retweeted
ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފައި އެވެ. ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އަތުވެއްޖެ އެވެ. ނަމަވެސް، ފެހި ޤާނޫނުއަސާސީގައި އިންތައް ވަކި ކުރި ގޮތާ ޚިލާފަށް، އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް މިހާރު އިންތިހާ އަށް އޮތުމުގެ ސަބަބުން، ޤައުމު ދާންޖެހޭ މިސްރާބަށް ނުދިޔުމުގެ ކަންބޮޑުވުން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެވެ. 2004 އިން 2008 ވަނަ އަހަރާ ދެމެދު، ޤާނޫނުއަސާސީ އެކުލަވައިލުމަށްޓަކައި ކުރި މަސައްކަތުގައި ވަރަށް ފޮނި އުންމީދުތަކެއް ކުރެވުނެވެ. ނަމަވެސް، އެ އުންމީދުތައް ރައްޔިތުންނަށް ހާސިލުވި މިންވަރާ ދޭތެރޭގައި ވިސްނާލުމަކީ ވެސް މުހިންމު ކަމެއް ކަމަށް ދެކެމެވެ. އަޅުގަނޑު ޤަބޫލު ކުރަނީ ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮންނަ ހެޔޮވެރިކަމުގެ ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ޤައުމަކަށް ހަދައި، ރައްޔިތުންނަށް ހަމަޖެހުމާއި ކުރިއެރުން ހޯދުމަށްޓަކައި ޤާނޫނުއަސާސީ އަށް އިސްލާޙުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން: 1. ރައްޔިތުންގެ މަޖިލީހުގެ އަދަދު 60 މެމްބަރުންނަށް މަދުކޮށް، މުޅިއަތޮޅުން ވޯޓު ދީގެން މެމްބަރުން އިންތިޚާބު ކުރުން. 2. ފަނޑިޔާރު ގޭގެ މިނިވަންކަން ކަށަވަރު ކުރުމަށްޓަކައި، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެމްބަރުން އައްޔަން ކުރާގޮތާއި، އުއްތަމަ ފަނޑިޔާރު އައްޔަން ކުރާ ގޮތް ބަދަލު ކުރުން. 3. މިނިވަން މުއައްސަސާތަކަށް މީހުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައިގެން މަޖިލީހުން ފާސްކުރުން. 4. ޤާނޫނު އަސާސީގެ 115 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް އެއްވެސް އިމެއް އަދި މިނެއް ނެތި ދީފައިވާ ބާރުތައް އިސްލާހު ކުރުން. 5. ސަރުކާރު ހިންގުމަށްޓަކައި މިނިސްޓްރީތަކާއި، އޮފީސްތަކާއި އަދި ކުންފުނިތަކަށް ސިޔާސީ މުވައްޒަފުން އައްޔަން ކުރެވޭނެ ވަކި އަދަދެއް ކަނޑައެޅުން. އަދި މުވައްޒަފުން އައްޔަން ކުރުމުގައި ބަލާނެ މިންގަނޑުތަކެއް ކަނޑައެޅުން. 6. ފުރިހަމަ ލާމަރުކަޒީ ނިޒާމަކަށް އަތޮޅުތައް ހިންގުން ބަދަލުކޮށް، ރަށް ރަށަށް ބާރުތައް ދޫކޮށްލުން. އަދި، ތައުލީމާއި، ޞިއްޙަތާއި، ބޯހިޔާވަހިކަމާއި، ވިޔަފާރި އަދި ވަޒީފާގެ ފުރުސަތުތައް ފަހިވާނެ ގޮތަށް، ރާއްޖެ ތަރައްޤީ ކުރުމަށް ޚާއްސަ ސަރަހައްދުތަކެއް ކަނޑައެޅުން. މިގޮތުން އިންޓަނޭޝަނަލް އެއާޕޯޓުތައް ތަރައްޤީ ކުރާ ސަރަހައްދުތަކުގައި ޓޫރިޒަމް ފުޅާ ކުރުމަށް ޚާއްސަ އިސްކަމެއް ދިނުން. އަދި މި ޚާއްސަ ސަރަހައްދުތަކުގައި، އިޤްތިޞާދު ސިންދަފާތު ކުރުމަށްޓަކައި އެހެނިހެން ދާއިރާތައް ކުރިއެރުވުމަށް ވެސް އިސްކަމެއް ދިނުން. 7. ދިވެހިރާއްޖޭގެ ދުރު ރާސްތާގެ ތަރައްޤީގެ ޕްލޭން ކަނޑައަޅައި، އެއާ އެއްގޮތަށް އަމަލު ކުރުން. އަދި ސަރުކާރު ބަދަލުވި ނަމަވެސް، ފަށާފައިހުރި ގައުމީ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމު ކުރުން. 8. ދިވެހިރާއްޖޭގެ ވިޔަފާރި އާއި ވަޒީފާގެ ބާޒާރުގައި ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ގެނައުން. އެގޮތުން: (ހ) ޓޫރިޒަމް ދާއިރާގެ މަތީ މަގާމުތައް ދިވެހިންނަށް ލިބޭނެ ފަދަގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުން. (ށ) ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޚާއްސަނސްކީމްތައް ތައާރަފު ކުރުން. ވިޔަފާރިތަކަށް ދިވެހިން ވަނުމަށް ހިތްވަރު ދީ، މަގު ހުޅުވައި ދިނުން. (ނ) ރިސޯޓުތަކުގައި ކުރާ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަކަށް އިންޑަސްޓްރީއާ މަޝްވަރާކޮށް މިކަމަށް މަގެއް ހުޅުވުން. 09. ކާބޯ ތަކެތީގެ ޔަޤީންކަން ދަމަހައްޓައި، އެހެން ޤައުމުތަކަށް ބަރޯސާވުން ކުޑަ ކުރުމަށް ރާއްޖޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުން. 10. މީހުން ބިނާ ކުރުމުގައި، ޤައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް އިސްކަން ދީގެން، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްހަމަ ފެންވަރެެއްގައި މީހުން ބިނާ ކުރުމުގެ ޚާއްސަ މަޝްރޫއެއް ކުރިއަށް ގެންދިޔުން. އަދި މި މަޝްރޫއު ވަޒީފާގެ ބާޒާރާ ގުޅުވައި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިވާނެ ގޮތަކަށް ބައްޓަން ކުރުން. 11. އެކަށީގެންވާ ފެންވަރުގެ ދިރިއުޅުމެއް ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ޤާނޫނުއަސާސީގައި ކަނޑައެޅުން. އަދި އިޖްތިމާޢީ ރައްކާތެރިކަމާއި، ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި، އެންމެންނަށް އެއް މިންގަނޑަކުން ދިނުމުގެ ބަދަލުގައި، ކޮންމެ ފަރުދެއްގެ އަދި ކޮންމެ އާއިލާއެއްގެ ހާލަތު ވަކިވަކިން ބަލައި، އެ ހާލަތާ އެކަށޭނަ ގޮތަކަށް އެހީތެރިކަން ދެވޭނެ ނިޒާމެއް ޤާއިމު ކުރުން.
5
41
6
67
9,178
VP Faisal retweeted
SanguTV ge mirey ge Khabarafahu programme ga badhalu kuravvaanee dhivehi raajjeyge kureege Naibu Raees Faisal Naseem @FaisalNasym
3
1
717
VP Faisal retweeted
މީގެ 40 އަހަރު ކުރިން މެކްސިކޯ 86 ގެ ފޯރިގަދަ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތާ އެކު، ޚާއްސަކޮށް މަރަޑޯނާގެ ފޯރީގައި ފުވައްމުލަކުގައި ބާއްވަން ފެއްޓި ފައިޞަލް ކަޕް އާއި ހިސާބުން ކޮންމެ ފަހަރަކު ބާއްވާ ވޯލްޑް ކަޕް ފޯރި ވަނީ ގަދަވެފައި. މިފަދަ އިޖްތިމާއީ ރޫހު ދިރުވާ އާލާ ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.! މި އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލް މެޗާ ގުޅުވައިގެންވެސް ފުވައްމުލަކުގައި ޚާއްސަ ޙަރަކާތެއް ބޭއްވުމަށް ތައްޔާރުވަމުންދާއިރު، ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.
49
1
121
12,991
VP Faisal retweeted
ރާއްޖޭގެ ސްކޫލްތަކުގައި އިންޓަރނެޓްގެ ހިދުމަތް ގާއިމުވެ، އަމިއްލަ ފަރުދުންގެ ދީލަތި އެހީތެރިކަމާއެކު ސްމާޓް ކުލާސްރޫމްތައް ބޭނުންކުރަން ފެށިތާ އެތައް އަހަރެއް ވެއްޖެ! މިފަދަ މަސައްކަތްތަކުގެ ކުރެޑިޓް މިހާރުގެ ސަރުކާރުން ނަގަން އުޅުނު ނަމަވެސް، ކަން ހިނގާފައިވާ ގޮތުގެ އަސްލު އޮޅުވައެއް ނުލެވޭނެ. @FaisalNasym
8
6
375
ކުރީގެ ނައިބު ރައީސް @FaisalNasym 'ސިނާ ފާމް ސްޓޭ' އަށް ޒިޔާރަތްކުރުން
67
VP Faisal retweeted
'އައްޑޫ އީދި ސަމާ' ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކުރީގެ ނައިބް ރައީސް @FaisalNasym ދެއްކެވި ވާހަކަފުޅު #Addu #EidiSama
2
1
130
ކުރީގެ ނައިބް ރައިސް @FaisalNasym މީދޫ ނަލަފެހި ޖަމިއްޔާއާއި ބައްދަލުކުރެއްވުން. 🤝🇲🇻
1
1
89
ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވަމުންގެންދަވާ އަބްދު الله ޞޯދިގް (ސޯބެ) އަށް ތާއީދު އިތުުރުކުރުމުގެ ގޮތުން މިއަދު ހަވީރު ވަނީ ދޮރުން ދޮރަށް ހިނގާ ރައްޔިތުންނާއި ބައްދަލުކުރެވިފައި. ސޯބެ އަކީ ހިންގުންތެރި ދާއިރާގެ ރައްޔިތުންނާއި ގުޅޭ ބޭފުޅެއް. ރައްޔިތުން ނިކުމެ ސޯބެ އަށް ވޯޓްދެއްވާ. ތިލަފަތަށް ވޯޓް ދެއްވާ.
43
1
62
2,766
މަޖިލީހުގެ އަދަދު މަދުކޮށް މުޅި އަތޮޅުން ވޯޓް ލައިގެން މެމްބަރުން ހޮވާ ގޮތަށް އޮތުން ރަނގަޅު ކަމަށް ފެނޭ.
5
36
3
82
11,117
މިއަދު ފެންނަމުން މި ދަނީ ހުރިހާ ބާރު ތަކެއް މުށު ތެރެއަށް ގެނެސް، ހިފެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް. ދުސްތޫރީ ނިޒާމު ކިލަނބުވެ، ރައްޔިތުންނަށް ގެއްލުން ލިބޭ މަންޒަރު ބަލަން އަބަދު ނުތިބޭނެ. ރައްޔިތުން ޤާނޫނު އަސާސީ އިން ހޯދާފައިވާ ހައްގު ތަކަކީ، ވަރަށް ބުރަ މަސައްކަތާއި، ވަރަށް ބޮޑު ޤުަރުބާނީން ހޯދާފައިވާ ހައްގު ތަކެއް. ޖަލަށް ލާފައިވާ ނޫސްވެރިން މިނިވަން ކުރުމަށާއި، ނޫސްވެރި ކަމުގެ މިނިވަން ކަމުގެ ހައްގުގައި އަޑު އުފުލުމުގެ ތެރެއިން ހައްޔަރު ކޮށްފައިވާ އެންމެހާ ފަރާތްތައް ވަގުތުން ދޫކޮށްލުމަށް ގޮވާލަން.
54
1
91
3,320
ފުވައްމުލައް ސިޓީގެ "ހޭވައްލާ ތައްޔާރު" ކެންޕެއިން ޖަލްސާގައި، ރައީސް @ibusolih އާއި ކުރީގެ ނާއިބް ރައީސް @FaisalNasym ގެ އިތުރުން އެމްޑީޕީގެ ލީޑަރޝިޕްގެ ގެ ބޭފުޅުން ބައިވެރިވެވަޑައިގަތުން.
1
1
264
VP Faisal retweeted
ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު, ޤާނޫނު އަސާސީ ދަމަހައްޓައި ނެގެހެއްޓުމުގައި، ގައުމު އިސްކުރުމަކީ އެންމެންގެވެސް ޒިންމާއެއް. މިކަމަށް އެކަށީގެންވާ ވަގުތު ނުދީ ވޯޓަކަށް ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ރާއްޖޭގެ ޤާނޫނު އަސާސީ އެކުލަވާލިއިރު މަސައްކަތް ކުރެއްވި ބޭފުޅުންނާއި، ޤާނޫނީ މާހިރުން ވިދާޅުވެފައިވޭ- “މަގޭ ގައުމު - މަގޭ ޒިންމާ”
8
1
9
677
”އެމްޑީޕީއަކީ ލާމަރުކަޒީ ނިޒާމްއަށް ފަރިތަ ޕާޓީ އަކަށްވާއިރު،އެމްޑީޕީއިން މި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަކީ ރައްޔިރުންގެ ހައްގުގައި ވަކާލާތު ކުރާނެ ކެންޑިޑޭޓުން ކަން ޔަޤީން" - @FaisalNasym
2
1
1
436
ކުރީގެ ނައިބު ރައީސް @FaisalNasym ، އެމްޑީޕީގެ ކެންޑިޑޭޓުންނާއެކު އައްޑޫ ސިޓީގެ "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން. #AdduCity #MDP #Maldives
3
4
265
އދ.ދިގުރަށުން އަލަށް އެމްޑީޕީއާ ގުޅުނު މެމްބަރުންގެ ފޯމުތައް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމްއާ ހަވާލު ކުރުން.
3
3
308